English Edition
Dhivehi Edition
ފޮޓޯ: މަތިކިޅި އިކޯ ގާރޑަން

އައްޑޫ ސިޓީ މީދޫ މަތިކިޅި އިކޯ ގާރޑަންއަށް ވަނުމަށްޓަކައި ނެގާނެ ފީ އާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ އިކޯ ގާރޑަން އިން ނަގާނެ ފީއަކާމެދު ރައްޔިތުންގެ މަޝްވަރާ ހޯދުމަށްޓަކައި ވީހާވެސް ގިނަ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ފޯމު ފުރުމަށް އެދޭކަމަށެވެ.

މި ފޯމުގައިވާ ގޮތުން އެންޓްރެންސް ފީގެ ގޮތުގައި ދިވެހިން އަތުން ބޮލަކަށް ނެގުމަށް ހުށަހަޅާފައިވާ ފީ އަކީ 10،12 އަދި 15އެވެ. އެންޓްރެންސް ފީގެ ގޮތުގައި ވޯރކް ވިސާގައި ތިބޭ ބިދޭސީންނަށްވެސް ނެގުމަށް ހަމަޖެހިފައިވަނީ މި ރޭޓުން ރައްޔިތުންގެ ހިޔާލަށް ބެލުމަށް ފަހުގައެވެ. އެންޓްރެންސް ފީގެ ގޮތުގައި ރާއްޖެއިން ބޭރު މީހުންނަށް، ބޮލަކަށް 50،60 އަދި 70 ރުފިޔާ ނެގުމަށް ހިޔާލު ހޯދުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޕާޓީތަކާ ހަފްލާތަކަށް ތިންގަޑިއިރަށް 500، 600 އަދި 700 ރުފިޔާގެ ރޭޓުތައް ވަނީ ހިމަނާފައެވެ.
އައްޑޫ މީދޫ މަތިކިޅިއޭ ކިޔުނު ކުޅި އާއި ޗަސްބިމުގައިވާ ފެންގަޑެއް ހިމާޔަތް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދިޔައީ 02 ޑިސެމްބަރު 2017ގައެވެ