English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރުތަރި ޝަރްދާ ކަޕޫރް މިވަގުތު ދަނީ އަންނަ އަހަރު ނިކުންނަން ހުރި ފިލްމްތަކުގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ބިޒީ ދުވަސްކޮޅެއް ނަމަވެސް ދާދި ފަހުން ވަނީ ޝަރްދާގެ އާލޯބިވެރިޔާ އާއެކު ޑިނަރ ޑޭޓަކަށް ގޮސް ރެސްޓޯރެންޓަކުން ނުކުމެގެން ދިޔަތަން ފެނިފައެވެ. ޝަރްދާ ކަޕޫރަކީ 2010 ވަނަ އަހަރުންފެށިގެން ފިލްމީދާއިރާ އަށް ނިކުތް ތަރިއަކަށް ވީނަމަވެސް އޭނަގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މާބޮޑަށް މީޑިއާއި ހިއްސާ ކޮސްފައިވާ ފަންނާނެއް ނޫނެވެ.

އެހެންކަމުން އޭނަ މިހާތަނަށް އެއްވެސް ލޯބިވެރިޔަކު ގެންގުޅުނުކަމަށް އެނގިފައިނުވާއިރު ފިލްމް އާޝިގީ2 ގައި މަސައްކަތް ކުރުމަށް ފަހު އެފިލްމްގެ ބަތަލެއްގެ ރޯލުންފެނިގެން ދިޔަ އަދިތްޔާ އާ ލޯބީގެ ގުޅުމެއް އޮތްކަމަށް އަޑުފެތުރުނެވެ. ނަމަވެސް މި ދެތަރިންވެސް އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޝަރްދާކަޕޫރް މިހާރު ލޯބީގެ ގޮތުންގުޅިގެންއުޅެނީ ސެލެބްރިޓީ ފޮޓޯގްރާފަރ އެއްކަމަށްވާ އުމުރުން 33 އަހަރުގެ ރޯހަން ޝްރެސްތާ އާއެވެ. އިންޑިއާގެ ސެބްރިޓީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާގޮތުގައި ޝަރްދާ އާއި ރޯހަން އެކުގައި ވަރަށްގިނައިން ބޭރުތެރެއިން ފެނެއެވެ. ނަމަވެސް އަދި ޝަރްދާ އާއި ރޯހަންގެ ލޯބީގެ ގުޅުމުގެ ވާހަކަ އޭނަ މީޑިއާ ހިއްސާކޮށްފައި ނުވެއެވެ.

މިހާރު އުމުރުން 31 އަހަރުވެފައިވާ ޝަރްދާ ކަޕޫރަކީ މަޝްހޫރު ފިލްމީތަރި ޝަކްތީ ކަޕޫރުގެ އަންހެން ދަރިއެވެ. ޝަރްދާ މިހާތަނަށް ކުޅެފައިވާ މަގްބޫލް ފިލްމްތަކުގެ ތެރޭގައި އާޝިގީ2 ،އޭކްވިލަން،ހައިދަރ އަދި އޭބީސީޑީ2 ހިމެނެއެވެ.