English Edition
Dhivehi Edition

ބޭސްފަރުވާކުރުމަށް ޕެންޝަން ފަންޑުން ފައިސާ ނުލިބި ބަލިމީހާ މަރުވެއްޖެނަމަ، އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ އެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ

ސަލީމް މިހެން ވިދާޅުވީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ކުރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ އމެމްބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

މި ބިލަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާންޖެހުނު ނަމަވެސް ސިއްހީ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ޕެންޝަން ފައިސާ ނެގޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ބަލި މީހާއަށް ޕެންޝަން ފަންޑުގައި ހުރި އޭނާގެ ފައިސާ ނުލިބި އެބަލީގައި މަރުވެއްޖެނަމަ އެކަމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ނަންގަވަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ސަލީމް ވިދާޅުވީ މީހާގެ ފުރާނަ ސަލާމަތްނުވާ ހިސާބަށް ދާއިރުވެސް މިހާރު ޕެންޝަން ފައިސާ ނެގޭނެ އެއްވެސް ގޮތެއްނެތްކަމަށާއި، ހައްޖަށް ދިއުމުގެ ބަދަލުގައި މީހާގެ ނަފްސު ސަލާމަތްކުރުމަށް ވެސް ފައިސާ ލިބޭނެ ގޮތެއް ނެތުން މިއީ ވަރަށް ދެރަކަމެއްކަމަށެވެ.