English Edition
Dhivehi Edition

މަސްވެރިންގެ ހަރަދުތައް ކުޑަކޮށްދީ، ކަރަންޓުގެ އަގު ހެޔޮކޮށްދިނުމަށް ޓަކައި ޑީސަލް އިން ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ

ޑިސަލް އިން ޑިއުޓީ ކަނޑާލުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ. މި ބިލު ހުށަހެޅި ސަބަބެއް ކަމުގައި ބުނެފައި ވަނީ މަސްވެރިކަމަށް ނިކުންނަ ފަރާތްތަކުން ކުރަންޖެހޭ ހަރަދު ކުޑަކޮށްދީ، އާންމުންނަށް ދޭ ކަރަންޓުގެ ހިދުމަތް އަގު މިހާރަށް ވުރެ ހެޔޮކުރުންކަމުގައެވެ. އެ އިސްލާހުގައިވާ ގޮތުން ކަރަންޓު އުފައްދާ ފަރާތްތަކާއި އޮޑިދޯނި ފަހަރުން ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފް ކުރާނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހެޅުމުންނެވެ

މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ ކަނޑާލުކަީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.