English Edition
Dhivehi Edition
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް / ފޮޓޯ : މަޖިލީސް

އެމްއެމްއޭގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހާޝިމް މަގާމުން ވަކިކުރުމަށް ރައީސަށް ލަފާއެރުވުމާ ބެހޭ މައްސަލަ މާލިއްޔަތު ކޮމިޓީން ފާސްކޮށް ހުށަހެޅި ރިޕޯޓު ފާސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުންވަނީ ހާޝިމު ވަކިކުރުމަށް ރައީސް އަށް ލަފާދޭން ފެންނަކަމަށް ވޯޓު ދީފައެވެ.

މިދިޔަ ބުދަ ދުވަހު ގަވަރުނަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހާޝިމްގެ ކިބައިގައި ނެތް ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްވަނީ ވަނާ އޭނާ ވަކިކުރުމަށް ރައީސަށް ލަފާ ދޭން ހުށަހެޅުއްވާފައެވެ.

ރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރަން ރައީސްއަށް ދަންނަވަން ކޮމެޓީން ފާސްކުރި އިރު، އޭނާ މަގާމުން ވަކިކުރަން ރައީސްއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލައިގައި ޖަވާބުދާރީވާން ކޮމެޓީއަށް ހާޒިރުވެވަޑައިގަންނަވަން އެންގި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ތިން ދުވަހު ވެސް ވަޑައިގެންފައެއް ނުވެއެވެ.