English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޒުވާނުންގެ ހިތްވަރު އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އިންތިހާބުގައި ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވި އިގްބާލް އަހްމަދު ތުހުމަތު ކުރައްވައިފިއެވެ

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރު އިންތިހާބާއި އަންހެނުން ރޫހުގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު އިގުބާލް ކުރެއްވި ޓުވިޓެއްގައިބުނެފައި ވަނީ މިއިންތިހާބުގެ ހުރިހާ ފޮއްޓެއްގެ ނަތީޖާ ވަކި ވަކިން އިއުލާން ކުރަން ޖެހޭކަމަށެވެ. އަދި އޭނާ އަށް ލިބިފައިވާ ޝީޓްތަކާއި ވަގުތީ ނަތީޖާއާއި ދިމާ ނުވާ ކަމަށް އިގުބާލްވަނީ ވިދާޅުވެފައެވެ

.އިގްބާލް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ މެމްބަރުންވަނީ އިންތިހާބާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފައެވެ. މި ގޮތުން ބައެއް މީހުން ބުނެފައިވަނީ ވޯޓުލުމުގެ އިންތިޒާމު ގިނަ ރަށްރަށުގައި ހަމަޖެހިފައި ނެތް ކަމަށާއި ވޯޓްލުމުގެ އިންތިޒާމު އެންމެ ފުރިހަމައަށް ޕާޓީގެ ސެކްރެޓޭރިއެޓުން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުރި ބައެއް ކެންޑިޑޭޓުންގެ ސީދާ ބެލުމުގެ ދަށުން ބައެއް ހިސާބުތަކުގައި ވޯޓް ލެވިފައިވާ ކަމަށްވެސް ބައެއް މެމްބަރުންވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން އެމްޑީޕީގެ އިންތިހާބުގައި އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވޯޓު ލާފައިވާކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުންވަނީ ވާހަކަދައްކާފައެވެ

ޒުވާނުންނުންގެ ހިތްވަރު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، 1440 ވޯޓާއެކު ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެފައިވަނީ މުހައްމަދު އަންސާރެވެ. އެ މަގާމަށް ވާދަކުރި އިގުބާލު އަހްމަދަށް 558 ވޯޓު ލިބުނު އިރު، ހަސަން ޝަރީފަށް ލިބިފައިވަނީ 160 ވޯޓެވެ.

މާލޭ ސިޓީ ހިންގާ ކޮމިޓީ މެމްބަރުކަމަށް އިންތިހާބުވެފައިވަނީ ރިފްގާ ޝިހާމެވެ. ރިފްގާއަށް 88 ވޯޓު ލިބުނު އިރު، އޭނާއާ ވާދަކުރި ލަބީގު މުހައްމަދު މާހިދަށް ލިބިފައިވަނީ ހަ ވޯޓެވެ

ޓެގު