English Edition
Dhivehi Edition
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު އެ މަގާމުން މިއަދު ސަސްޕެންޑުކޮށްފިއެވެ،

މައުލޫމާތު ލިބޭ ގޮތުގައި ނިހާދު ސަސްޕެންޑުކުރީ ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

މި ގޮތުން ރޭގެ ޖަލްސާގައި ނިހާދު ވަނީ ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ޓޫރިޒަމް ބްރޭންޑުތަކުގެ ރިސޯޓުތަކަށް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މިއީ އިދިކޮޅުން ރާވައިގެން ސަރުކާރުން ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ހުރަސް އަޅަން ކުރާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ނިހާދުގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެމްޑީޕީން ވަނީ ނިހާދުގެ ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލާމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލައިފައެވެ.

ޓެގު