ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސްގެ ކައިވެނީގެ ހަފްލާއަކީ ‘ފެއަރީ ޓެއިލް ވެޑިންގ’އެއްގެ ގޮތުގައި ގިނަ ބަޔަކުވަނީ ސިފަކޮށްފައެވެ. ކައިވެނީގެ ހުރިހާ އިންތިޒާމެއްވެސް ވަރަށް ފުރިހަމައަށް ރާވާފައިވާއިރު 1 ޑިސެމްބަރުގައި ކްރިސްޓިއަން ދީންގެ މީހުން ކައިވެނިކުރާ ގޮތަށް ދެ ތަރިންވަނީ ކައިވެނިކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު ހިންދޫ ދީންގެ މީހުން ކައިވެނިކުރާ ގޮތަށް ކައިވެނިކޮށްފައިވާއިރު ކައިވެނީގެ ހުރިހާ ކަމެއް ދިޔައީ ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާގެ ބެލުމުގެ ދަށުންނެވެ.
ކައިވެނީގެ ހަފްލާއަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން މަދޫ ބުނީ ކައިވެނީގެ ހުރިހާކަމެއް ތައްޔާރުކުރީ ޕްރިޔަންކާ ބޭނުންވާ ގޮތަށް ކަމަށެވެ. “އަހަރެން ބެލީ ޕްރިޔަންކާ އުފާވާ ގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންދަން. އެހެންކަމުން ކައިވެނީގެ ކަންތައްތައް ފެށިގެން ގޮސް ނިމުނު އިރުވެސް އެއްވެސް ބުރަކަމެއް ވަރުބަލިކަމެއް އިހްސާސެއް ނުކުރެވޭ”މަދޫ ބުންޏެވެ
ނިކް އާއި ބެހޭގޮތުން މަދޫ ބުނީ ފުރަތަމަ ފެނިލުމުން ނިކް އަކީ ޕްރިޔަންކާއާއި އެންމެ އެކަށީގެންވާ މީހާ ކަމުގައި ގަބޫލުކުރަން އުދަގޫވިކަމަށާއި އެހެންނަމަވެސް ދެވަނަ ފެނިލުމުން ހުރިހާކަމަށެއް ބަދަލުވެއްޖެކަމަށެވެ. “ނިކް އަކީ ވަރަށް އަހްލާގް ރަނގަޅު ހަރުދަނާ ޒުވާނެއް. ނިކްގެ އާއިލާއަކީވެސް ވަރަށް ރަގަޅު ބައެއް. އަހަރެމެން ދެ އާއިލާގެ ކަންތައްތައްވެސް ވަރަށް އެއްގޮތް.”މަދޫ ބުންޏެވެ
އަބަދުވެސް ޕްރިޔަންކާއަކީ މަންމަ މަދޫ އާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރިއެކެވެ