English Edition
Dhivehi Edition
ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދު މުޙައްމަދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދަޢުވާގެ އަޑުއެހުމެއް މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަލީ ހަމީދަށް މި ދިޔަ ފެބްރުއަރީމަހު ވަނީ އަންގާފައެވެ. އަދި މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ ނިންމަވާފައެވެ.

އަލީ ހަމީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލު ކޮށްފައިވާއިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުންވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު 11:00 އަށެވެ.