އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) ތިންވަނަ ދައުރަކަށް އިފްތިތާހު ކޮށްފިއެވެ.
ޝަރަފުއްދީން ސްކޫލްގައި ރޭ ބޭއްވި އިފްތިތާޙީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގެވެ.
މި ޖަލްސާގައި ވަނީ އައުދައުރަށް ކޮމިޓީއަށް ހޮވުނު މެމްބަރުން އިޤުރާރުގައި ސޮއި ކުރައްވައިފައެވެ.
ޑަބްލިޔުޑީސީގެ 3ވަނަ ދައުރަށް ހޮވިފައިވާ މެމްބަރުންނަކީ:
ހިތަދޫ އުތުރު ދާއިރާ- އައިޝަތު ނަދާ/ ޖަބްރާނުގެ ސ.ހިތަދޫ
ހިތަދޫ މެދު ދާއިރާ- އައިޝަތު ހަފީޒާ /ބޯޅަދަޑިގެ ސ.ހިތަދޫ
ހިތަދޫ ދެކުނު ދާއިރާ- އާމިނަތު ޝިހާބު/ ވައިޓްޓާން ސ.ހިތަދޫ
އައްޑޫ މަރަދޫ ދާއިރާ- ޝަފްގާ ޝަފީގު/ މަހިނޫރު ސ.މަރަދޫ
އައްޑޫފޭދޫ ދާއިރާ- ހައްވާ ޒާހިރާ/ މުބޭލީވިލާ. ސ.ފޭދޫ
އައްޑޫ މީދޫ ދާއިރާ- އާމިނަތު ޚާލިޞާ/ކަނީރުމާވާދީ ސ.މީދޫ
އައްޑޫ ހުޅުދޫ ދާއިރާ- ޝާމާ އިބްރާހިމް/ މޫންލައިޓްގެ ސ.މީދޫ
ރޭގެ ޖަލްސާގައި ސިޓީ ކައުންސިލުން ވަނީ ނިމިގެން ދިޔަ ދެވަނަ ދައުރުގެ މެމްބަރުން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް އެބޭފުޅުންނަށް ހަނދާނީ ލިޔުން ދެއްވައިފައިވެއެވެ. އެލިޔުންތައް ޙަވާލުކޮށް ދެއްވީ ޝަރަފްވެރި މެހުމާން ޢަބްދުﷲ ޞާދިގެއެވެ.
ރޭގެ ޖަލްސާގައި ނިމިގެންދިޔަ ދައުރުގައި ކޮމިޓީ ހިނގައިދިޔަ ގޮތުގެ ޚުލާސާ ބަޔާން އިއްވާފައިވެއެވެ. އެބަޔާން އިއްވީ ދެވަނަ ދައުރު ނިމުނުއިރު ރައީސާއަކަށް އިންނެވި ޝެހެނާޒު ރަޝީދެވެ.
ޑަބުލިޔުޑީސީ 3 ވަނަ ދައުރަކަށް އިފްތިތާޙް ވެގެން ދިޔައިރު މި ކޮމެޓީގައި މިފަހަރު ގިނައިން ތިބީ ޒުވާން އާ މޫނުތަކެއްކަން ފާހަގަކޮށްލެވެއެވެ.