English Edition
Dhivehi Edition

އައްޑޫސިޓީގެ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމާއި، ލިންކްރޯޑް ބޭނުންކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ކައުންސިލުން ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ވީއެންމެ އަވަހަށް މަސައްކަތް ފެށިގެންދާނެކަމަށް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ، އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ބޭނުންވާ ބަދަލުތަކާއެކު އެ ސިޓީގެ މަގުތަކާއި އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފަށާނެކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން ދިމާވާ ދަތިތައް އޮޅުން ފިލުއްވާފައެވެ. އެ ގޮތުން މަގުބައްތިތަކުގެ މައްސަލައާއި މަގުތަކުގައި ސައިން ބޯޑު ނެތުމާއި އޯވަރތޭކް ކުރާނެ ތަނެއް އެއްވެސް ވަރަކަށް ނެތްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވަވާފައެވެ.

މީގެ އިތުރުން އައްޑޫ ޑްރައިވިން ސްކޫލް މޮނީޓަރ ކުރުމާއި، ލިންކް ރޯޑްގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅާކަން ކަށަވަރު ކުރުމާއި، މަގުމަތީގައި ދުއްވާ އުޅަނދުތަކާއި، ގަރާޖްތައް ވަކި މިންގަނޑަކަށް ފެއްތުމާ ގުޅޭގޮތުން މިނިސްޓަރ ނަހުލާ ވަނީ އައްޑުސީޓީ ކައުންސިލްގެ މެމްބަރުންނާ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރު އައިޝާގެ ދަތުރުފުޅުގައި އައްޑޫގެ މަގުތަކަށް ވަޑައިގެން މަގުތަކުގެ ހާލަތު ވެސް ވަނޯ ބައްލަވާ ލައްވަވާފައެވެ..