English Edition
Dhivehi Edition

ބޮލީވުޑްގެ ކޮމެޑީ އެކްޓަރު ރާޖްޕަލް ޔާދަވް, ފިލްމެއް ހަދަން ލޯނެއްގެ ގޮތުގައި ކުންފުންޏަކުން ނެގި 5 ކްރޯޑް ރުޕީސް އެއްބަސްވުމާ އެއްގޮތަށް ނުދެއްކި މައްސަލާގައި ތިން މަސްދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ

ރާޖްޕަލް ތިން މަހަށް ޖަލަށް ލުމަށް ހުކުން ކޮށްފައިވައނީ މިދިޔަ ހުކުރު ދުވަހު ދިއްލީގެ ހައި ކޯޓުންނެވެ. ފަނޑިޔާރު ރަޖީވް ސަހާއީ އިއްވި ހުކުމުގައި ބުނެފައި ވަނީ ރާޖްޕަލް، 2010 ގައި ދިއްލީގެ ކުންފުންޏެއް ކަމަށްވާ މުރުލީ ޕްރޮޖެކްޓްސް އިން 5 ކްރޯޑް ރުޕީސްގެ ލޯނެއް ނަގައި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ. މިއީ ރާޖްޕަލް 2012 ގައި ޑައިރެކްޓްކުރި އަލަތު ފިލްމު “އަތާ ޕަތާ ލާޕަތާ” ހަދަން އޭނާގެ ކުންފުނި ޝުރީ ނޯރަންގް ގޯދަވަރީ އެންޓަޓައިންމަންޓުން ނަގާފައިވާ ލޯނެކެވެ

މުރުލީ ޕްރޮޖެކްޓުން 2013 ވަނަ އަހަރު ކޯޓަށް މައްސަލަ ހުށަހެޅާފައިވާއިރު ރާޖްޕަލް އަށް ކުރި ތިން މަހުގެ ހުކުމް ތަންފީޒު ކުރާނީ ދިއްލީގެ ތިހާރު ޖަލުގަ އެވެ.