English Edition
Dhivehi Edition
ކ-ވ: ޝިޔާޙު މުޙައްމަދު ، އީމާން އަޙްމަދުދީދީ-- ފޮޓޯ: ޕޮލިސްލައިފް

ސ.ހިތަދޫ ޕޮލިސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ އޮފިޝަލް ވެބްސައިޓްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ހާލާފަރު، އީމާން އަޙްމަދުދީދީ (28އ) އާއި ސ. ހިތަދޫ / ޢާޠީނާ، ޝިޔާޙު މުޙައްމަދު (18އ) އެވެ.

މި ދެމީހުންނާ ގުޅޭއެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612ށް ގުޅުއްވައި ޙިއްސާކުރެއްވު މަށް ފުލުހުން އެދެއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.