English Edition
Dhivehi Edition

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށައިފިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ވިދާޅުވީ ރ. އާއިޝަތު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ފަސް އަހރު ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ

އަދި މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ހިމެނޭ ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ..

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާފަދަ ވަށާޖެހޭ ތައުލީމެއް ލިބޭ ދަރިވަރުންތަކެއް ތައްޔާރުކުރުމަށް ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މިހާރުވެސް އެއް ދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށްދާކަން ޑރ. އާއިޝަތު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ، އަންނަ ދިރާސީ އަހަރު ފެށޭއިރު ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓް ފަށާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ ދެއްވަވާފައެވެ.

މިނިސްޓަރު ވިދާޅުވީ އެއް ދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމަށްޓަކައި، ސްކޫލުތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށް ހަދާ އޮޑިޓު ފަށަން އޮތީ ސަރުކާރުގެ ފުރަތަމަ 60 ދުވަހުގެ ތެރޭގައި ކަމަށާއި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ އޮޑިޓު ނިންމާނެ ކަމަށެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ، ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން “ހެލްދީ ލައިފްސްޓައިލް މެނޫ” އެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

އެ ހާއްސަ މެނޫއަކީ ދުޅަހެޔޮ ސިއްޙަތެއްގައި ކުދިން ތިބުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރު ކުރާ މެނޫ އެކެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓް އަމާޒުކޮށްފައިވާނީ އެންމެ ސްކޫލެއްގައި ހިންގުމުގެ ބަދަލުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ އެކި އާބާދީތަކުގެ ސްކޫލްތަކުގައި ހިންގުމަށް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަމުގެ ތެރޭގައި ކިޔަވާކުދިންނަށް ހެނދުނުގެ ނާސްތާ ހިލޭ ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.