English Edition
Dhivehi Edition

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިއީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމާއި އިމްރާން ހަވާލުވެވަޑައިގެންނެވުމަށްފަހު ކަރެކްޝަނަލް ސާވިސްގެ އިސްމުއައްޒަފުންނާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުންއޮތީ ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީހުގައިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒަށް، ކަރެކްޝަނަލް ސަރވިސްގެ އެކިދާއިރާތަކާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި މުއައްސަސާ މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކޮށްފައެވެ

ކަރެކްޝަނުން ހާމަކޮށްފައިވާގޮތުގައި މިއަދުގެ މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި، ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުން ބައިވެރިވިއެވެ.މިއަދު ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ފުލުހުންގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ.