English Edition
Dhivehi Edition

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

ޝައިޚް އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާ ހުންނަވާ ގޮޅީގެ މަރާމާތަކަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ. ނަމަވެސް އެ މަރާމާތަށް ހޭދަވާނީ ކިތައް ދުވަސް ކަމެއް އަދި ގޭ ބަންދަށް ބަދަލުކުރީ ކިތައް ދުވަހަށް ކަމެއް ވެސް ކަރެކްޝަންސް އިން ހާމައެއް ނުކުރައްވަވައެވެ.

2015 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އަދާލަތު ޕާޓީން އިސްވެ އޮވެ ކުރި މުޒާހަރާގައި ހިނގާ ދިޔަ ކަންތައްތަކުގެ ޒިންމާ އިމްރާންއާއި އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކަނޑައަޅާ ޝައިޚް އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.