އިސްލާމްދީނުގެ ނަމުގައި ހިންގާ ހައްދުފަހަނައަޅާފައިވާ އަމަލުތަކާއި އިސްލާމްދީނުގެ ހައްގު ދައުވަތުގެ މަސައްކަތް އެއީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ބޮޑު ގޯހެއްކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ މި ވާހަކަތައް އަމާޒުކުރައްވާފައިވަނީ ސީދާ ކޮން ބަޔަކަށްކަމެއް ސާފު ނުވިނަމަވެސް މިނިސްޓަރ ވަނީ ދީނުގެ ސަައްހަ އަގީދާ ބަޔާންކޮށް، އިލްމު ފެތުރުމަކީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ޑރ އަފްރާޝީމް އަވަހާރަކޮށްލިކަމުގެ ތުހުމަތު، ބައެއް މަޖިލިސް މެމްބަރުން ޖަމިއްޔަތުއްސަލަަފުގެ ބަޮލުގައި އަޅުވާފައި ވަނިކޮށެވެ. މަޖިލީހަށް ނިސްބަތްވާ ބައެއް މެމްބަރުން އަންނަނީ ސަލަފަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
Islam dheenuge sahha aqeedha bayaankoh, ilmu fethurumakee dheenee ilmuveringe massooliyyatheh.
Islam dheenuge namugai hingaa hadhufahanalhaafaivaa amaluthaka Islam dheenuge haqqu dhauvathuge masahkayi e ee eh kamehge gothugai dhakkan masahkayi kurumakee varah bodu goheh.
— Imran Abdulla (@ShimranAb) November 22, 2019
މިނިސްޓަރ މިމޭރުމުން ޓްވީޓް ކުރައްވަވާފައިވާއިރު ، ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި މިހާރު އަލުން ރާއްޖޭގައި ދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ލ.ގަމުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ވިސްނުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.