English Edition
Dhivehi Edition

މާލޭގެ މަގުތަކުގެ ހާލަތު ބައްލަވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ބައެއް މަގުތަކަށް މިއަދު ވަޑައިގެންފި އެވެ

މިނިސްޓަރު އާއިޝާ އާއި އެކު ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު އާއި ފުލުހުންގެ ޓްރެފިކް އޮޕަރޭޝަން ޔުނިޓްގެ ހެޑް މުހައްމަދު ލުތުފީ އާއި ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް ހުސެއިން ސަމީރު ވެސް ވަނީ މަގުމަތީގެ ހާލަތު ދެނެގަތުމަށް ބައިވެރިވެވަޑައިގެންފައެވެ

މިނިސްޓަރު މާލޭގެ މަގުތަކާއި ބަނދަރު ސަރަހައްދަށް ވަޑައިގެން ޕާކް ކުރުމާއި އެތަންތަނުގައި ދިމާވެފައިހުރި މައްސަލަތައް ބައްލަވާ އެކަންކަމާ ގުޅޭގޮތުން އާންމު ފަރުދުންގެ ޝަކުވާތަކާއި މައްސަލަތައް ވެސްވަނީ އަޑުއައްސަވާފައެވެ

މާލޭގެ މަގުތަކުގެ ހާލަތު ބެއްލެވުމަށްފަހު މީޑިއާއާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އަމިއްލަށް ތަޖުރިބާ ނުކުރައްވައި ރައްޔިތުން ބޭނުންވާ ހައްލު ގެނެސްދޭން ދަތިވާނެ ކަމަށެވެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އަންނަ އާދީއްތަ ދުވަހުން ފެށިގެން ޓެކްސީ ބޯޑުން ފީ ނުނަގާނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ދައުލަތުގެ ބޭނުމަށް ފަޅު ތެރޭއިން ނަގާފައި ހުރި ތަންތަން ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުމާއި ގަވައިދާ ހިލާފަށް މަގު މަތީ ޕާކުކޮށްފައި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ވެސް ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ،