English Edition
Dhivehi Edition

އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫ އަވަށުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިން ކޮށްފައިވާ އިޢުލާންގައި ބަޔާންކޮށްފައިވާ މަސައްކަތުގެ މައުލޫމާތަށް ބަދަލުއައުމާއި ގުޅިގެން އެ އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 25 ނޮވެމްބަރު 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 29 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި ހުޅުދޫ އަވަށު އޮފީސް އަދި މީދޫ އަވަށު އޮފީހުގައެވެ

. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 03 ޑިސެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީސް އަދި މީދޫ އަވަށު އޮފީހުގައިކަމަށް ކައުންސިލް އިދާރާއިންވަނީ ބުނެފައެވެ. މީގެ އިތުރުން މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށް ކައުންސިލް އިދާރާއިންވަނީ ބުނެފައެވެ.