English Edition
Dhivehi Edition
އައްޑޫ ސިޓީ ހުޅުމީދޫ - ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ (ދި އެޑިޝަން)

މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީ ހުޅުމީދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އީދު ދުވަހު ކަމަށާއި އެއީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ވަނީ މީގެ ކުރިންވެސް ހައްޔަރުކޮށްފައި ކަމަށާއި އެއީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ. އެދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ރަށުތެރޭގެ އަމާން ކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް އެދުވަހު ހައްޔަރު ކުރުމަށްފަހު 24 ގަޑިއިރުފަހުން އޭނާ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ޓެގު