ކީރިތި ގުރުއާން ކިޔަވައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްތަކެއް ފެއްޓެވުމަށް ނިންމަވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ
ރޭ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ބޭއްވެވި ތިން ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ދިއްދޫގައި ބޭއްވެވި ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާ ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. އަދި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތާއި ދީނީ އިލްމު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ
މީގެ އިތުރުން އިސްލާމް ދީނުގެ ވަހުދަތު ހިފެހެއްޓައި، ދީނީ އެއްބައިވަންތަކަން ގާއިމް ކުރުމަށް މި ސަރުކާރުން މަސައްކަތްކުރާނެކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ