English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފުވައްމުލައް ސިޓީ އަށް ކުރައްވާ ދަތުރުފުޅުގައި، މިކަން އިއުލާން ކުރެއްވީ އެ ސިޓީގެ ރައްޔަތުންނާއެކު ރޭ ބޭއްވި މާހެފުމުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ،ފުވައްމުލަކަކީ ސިޓީއެއް ކަމުން، އެރަށުގައިވެސް ރާއްޖޭގެ އެހެން ސިޓީތަކެކޭ އެއްފަދައިން ސިޓީއަކަށް ލިބެންޖެހޭ ފުރިހަމަ ހިދުމަތް ލިބެންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

ސިއްހީ ރޮގުން އެރަށަށް މުހިންމު ތަރައްޤީތަކެއް ސަރުކާރުން ގެންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުވައްމުލަކުގައި ސަރުކާރުން އާ ހޮސްޕިޓަލެއް ތަރައްގީކުރަން ނިންމާފައިވާކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ 50 އެނދުގެ ޖާގައިގެ މި ހޮސްޕިޓަލް ޚާއްސަ ވެގެންދާނީ ކުޑަކުދިންނަށާއި އަންހެނުންނަށް ކަމަށެވެ.އަދި މި މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

މިހާރުވެސް ފުވައްމުލައް ސިޓީގައި މި ސަރުކާރުން ޖުމްލަ 21 މަޝްރޫއެއް ކުރިއަށް ގެންދާއިރު ފުވައްމުލައް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ.