English Edition
Dhivehi Edition

މިރޭ މާލޭގައި ދިން ހަމަލައެއްގައި ރައީސް ނަޝީދަށް އަނިޔާވިކަން އެންގުމަށް ނައިބްރައީސް ފައިސަލްގެ މެސެޖެއް މަޖިލީހަށް ފޮނުއްވަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ނާއިބުރައީސް ފޮނުއްވި މެސެޖެއްގައި ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވީ ރައީސް ނަޝީދަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ލިބުނު އަނިޔާތަކާއި ގުޅިގެން އޮޕަރޭޝަނެއް ކުރަންޖެހިފައިވާ ކަމަށާއި، މިއޮޕަރޭޝަނަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނުގެ އިސްތަށިފުޅުގެ ދެތަނަކަށް ވަނީ އަނިޔާވެފައެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑަށް ވެސް އަނިޔާވެފައިވެއެވެ.
ނާއިބްރައީސްގެ މިމެސެޖްގައި މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ގޭގައި ތިއްބެވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އޭ އޯ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާގައި އިތުރު މީހަކަށް ވެސް ވަނީ އަނިޔާވެފައެވެ. އެއީ ބޭރު މީހެއްކަމަށާއި އެމީހާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ގޮވި ގަޑީގައި އިތުރު ދެ ފަތުރުވެރިއަކު އެސަރަހައްދުން ދުވެފައި ދިޔައެވެ. އެސަރަހައްދުގައި އެއްޗެއް ގޮވައިގެންދިޔައިރު، ކަންމަތީގައި އެމްއެންޑީއެފް ސެކިއުރިޓީ ވެހިކަލް ވެސް އޮތެވެ. މިހާދިސާއާ ގުޅިގެން އެސަރަހައްދު ބަންދުކޮށްފައިވާއިރު، ސިފައިންނާއި ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.