English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާޝެޓީ އާއި ފިރިމީހާ ރާޖުކުންދްރާގެ ނުވަވަނަ ވެޑިންގ އެނިވާސާރީ ރާއްޖޭގެ ރިސޯޓެއްގައި ފާހަނގަ ކޮށްފިއެވެ.

އެނގިފައި ވަގޮތުގައި މިދެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ކަނުހުރާ މޯލްޑިވްސްގައެވެ.

ޝިލްޕާ އާއި ފިރިމީހާ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައުމަށްފަހު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ރާއްޖޭގައި ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކޮށްފައެވެ. އަދި އެދެމީހުންގެ އެނިވާސަރީ ފާހަނގަ ކޮށް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ޝެއާކުރުމަށްފަހު ޝިލްޕާ ވަނީ އޭނަގެ ފިރިމީހާއަށް ހާއްސަ މެސެޖެއް ލިޔެފައެވެ.

ލަންޑަނަށް އުފަން ވިޔަފާރިވެރިޔާ ރާޖްކުންދްރާ އާ ޝިލްޕާ ޝެޓީ ކައިވެނި ކޮށްފައިވަނީ 22 ނޮވެމްބަރ 2009 ވަނަ އަހަރުއެވެ. މި ކައިވެންޏަށް ނުވައަހަރު ފުރިފައިވާއިރު މިދެމަފިރިންނަށް ވަނީ ފިރިހެން ދަރިއަކު ލިބިފައެވެ. މިހާރު 6އަހަރު ފުރިފައިވާ އެދަރިފުޅުގެ ނަމަކީ ވިއާން ރާޖް ކުންދްރާއެވެ.

ޝިލްޕާއާއި ކައިވެނި ކުރުމުގެ ކުރިން ރާޖްކުންދްރާ ވަނީ ކަވީތާ ކިޔާ މީހަކާ ކައިވެނިކޮށްފައެވެ. އެކައިވެންޏަށްއެދެމީހުންނަށް އަންހެން ކުއްޖަކު ލިބިފައި ވެއެވެ. އެކުއްޖާގެ އުމުރަކީ މިހާރު 12 އަހަރެވެ.