English Edition
Dhivehi Edition

މިސްރު ފޯވާޑް މުހައްމަދު ސަލާހަށް ކުރިއަށް އޮތް ދެ އަހަރު ތެރޭ ލިވަޕޫލްގައި ހުރެ ކާމިޔާބެއް ނުލިބިއްޖެނަމަ އެ ޓީމު ދޫކޮށްލަން ލަފާދޭނެ ކަމަށް މިސްރުގެ ކޯޗު ހަވިއޭ އަގީރޭ ބުނެފި އެވެ

އަގީރޭ ބުނީ ސަލާހު ފަދަ ކުޅުންތެރިއަކަށް އެންމެ މުހިއްމު ކަމަކީ ކާމިޔާބީ ހާސިލްކުރެވޭ ޓީމެއްގައި ހުރުންކަމަށާއި ސަލާހް އަކީ މިސްރަށް ލިބުނު ޖަވާހިރެއް ކަމުގައެވެ. އަދި ކުރިއަށް އޮތް ދެ ސީޒަނު ތެރޭގައި ލިވަޕޫލްގައި ހުރެ ސަލާހަށް ތައްޓެއް ނުލިބިއްޖިއްޔާ އޭނާ އެ ކްލަބް ދޫކޮށްލަފާނެކަމަށް އަގީރޭ ވަނީ ބުނެފައެވެ. މީގެ އިތުރުން އިގީރޭ ބުނީ ލިވަޕޫލް ކޯޗު ޔާގެން ކްލޮޕް އަށް ވެސް ސަލާހް އެ ޓީމް ދޫކޮށްލާފައި ހިނގައިދާނެކަން އެނގޭނެ ކަމަށާއި އެހެން ކަމުން އެ ޓީމުން ވެސް މިހާރު ޓީމުގެ ތަރިން ޓީމް ދޫކޮށް ނުދާނެ ފަދަ ގޮތެއް ހޯދުމަށްޓަކައި، ކާމިޔާބީ ހޯދަން މަސައްކަތްކުރަމުން އަންނަކަމަށެވެ،

މިދިޔަ ސީޒަނުގައި ލިވަޕޫލްއަށް ބަދަލުވި ސަލާހް އަށް އެ ކްލަބާއެކު މުބާރާތެއް ކާމިޔާބުކުރެވިފައި ނުވިނަމަވެސް ފުރަތަމަ ސީޒަނުގައި ސަލާހު ވަނީ އެ ޓީމަށް 44 ގޯލު ޖަހައިދީ ގިނަ އެވޯޑްތަކެއް ހޯދައިފަ އެވެ

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފައި ވިޔަސް ފައިނަލުގައި ސަލާހުގެ ކޮނޑުހުޅަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނުއިރު، ލިވަޕޫލް ވަނީ 3-1 އިން ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ.

ޓެގު