English Edition
Dhivehi Edition

އަބުރާއި ބެހުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާއި އެކު އަބުރާއި ބެހުން ހުއްދަވެއްޖެއެވެ.

މި މަހުގެ 14 ވަނަ ދުވަހު ފާސްކުރި އަބުރުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރުގެ ހޯމް މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މިއަދު ރައީސް ތަސްދީގު ކުރެއްވި އެ ބިލްގައި ބުނާގޮތުން އާންމު ގަވާއިދުތަކާބެހޭ ގާނޫނު ގެ 2 ވަނަ ޖަދުވަލުގެ 10 ވަނަ ނުކުތާއަށް “އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު” އަލުން ހިމަނައި، އެ ގަވާއިދުގެ ބެލެނިވެރި ގާނޫނެއް ކަމުގައި އާންމު ގަވާއިދުތަކާބެހޭ ގާނޫނު ވަނީ ހަމަޖެހިގެން ގޮސްފައެވެ.

އަބުރުގެ ގާނޫނު އުވައިލަން މަޖްލީހުން ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ވޯޓާއެކުގައި ކަމަށްވާއިރު ނުފެންނަ ކަމަށް 13 މެންބަރަކު ވޯޓުދެއްވާފައި ވެއެވެ.

އަބުރާއި ބެހުން ހުއްޓުވި ޤާނޫނު އުވާލުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.