English Edition
Dhivehi Edition

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ހަލާކު ވެފައިވީ ނަމަވެސް ދިވެހި ޕްރިމިއާ ލީގް މެޗުތައް ފަސް ނުކުރަން އެފްއޭއެމުން ނިންމައިފި އެވެ

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މެޗުތައް ކެންސަލް ނުކޮށް ކުރިއަށް ގެންދަން ނިންމީ ކްލަބް ތަކުންވެސް އެގޮތަށް ބޭނުންވާތީ ކަމަށެވެ.ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ކުޅެން އުދަގޫވާނެ ކަމަށް ގިނަ ކުޅުންތެރިން ބުނަމުންދިޔަ ނަމަވެސް ސީޒަން އޮތް ހިސާބުން މެޗުތައް ކެންސަލް ކޮށްފިނަމަ ކުލަބުތަކަށް އިތުރު އުނދަގޫތަކެއް ކުރިމަތި ވާނެ ކަމަށް ކްލަބްތަކުގެ އޮފިޝަލުންވަނީ ބުނެފައެވެ

މިއީ މި އަހަރު ދަނޑުގެ ވިނަގަނޑު ހަލާކުވި ދެ ވަނަ ފަހަރެވެ.މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައްތަކަށް ދަނޑު ބޭނުން ކުރުމުގެ ސަބަބުން ވިނަގަނޑު ހަލާކު ވެފައި ވުމުން އެފްއޭއެމް ވަނީ އޭރު ކުޅެން ހަމަޖެހިފައި އޮތް މެޗުތައް ކެންސަލްވެސް ކޮށްފަ އެވެ.މި ފަހަރު ދަނޑުގެ ވިނަ ގަނޑު ހަލާކުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތަށް ތަން ތައްޔާރު ކުރަން ޖެހުމުންނެވެ

މިދިޔަ ތިން އަހަރު ތެރޭ ކޮންމެ އަހަރަކު ގަލޮޅު ދަނޑުގައި އެކި ހަރަކާތްތައް ބޭއްވުމުގެ ސަބަބުން ކޮންމެ ދަނޑުގެ ވިނަ ގަނޑު ހަލާކުވެ ކުޅުންތެރިންނަށް ގިނަ އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ.