ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ވީހާވެސް އަވަސް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފި އެވެ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގް ކުރައްވައި ހަސަން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީނާ ތުހުމަތު ކުރެވޭ ފައިސާ ގިނަ މައްސަލަތަކެއް އެމްޑީޕީގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާނެ ކަމަށާއި ލަސްނުކޮށް އެ މައްސަލަތައް ބަލަންޖެހޭ ކަމަށެވެ
އެމްޑީޕީއިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ޔާމީންގެ އަތެއްވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިފައިވާއިރު އެ ޕާޓީ އިންވަނީ ވަރަށް ފަހުންވެސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައެއްވެސް ފުލުހަށް ހުށަހަޅާފައެވެ