English Edition
Dhivehi Edition

ކޮރަޕްޝަނާ ދުރުވެތިބުމަށް ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެ ތިއްބެވުމަށް އެދިވަޑައިގެންފައެވެ

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައިސަރުކާރުގެ އިދާރާތަކުގެ ޙާލަތު ދެނެގަތުމަށް، ޓްރާންސިޝަން އޮފީހުން ކުރިއަށްގެންދިޔަ ރެޕިޑް އެސެސްމެންޓާ ބެހޭ މަޢުލޫމާތު ހިމެނޭ ކަރުދާހާ ގުޅޭގޮތުންވެސް ވަޒީރުންގެ މަޖިލީހުންވަނީ މަޝްވަރާކޮށްފައެވެ.އަދި ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މަސައްކަތް ދެނެގަތުމަށްޓަކައި މިއަހަރުގެ ހިނގަމުންދާ ބަޖެޓާއި ކުރިއަށްއަންނަށް އޮތް ބަޖެޓްގެ ތަފްސީލާއި، އިދާރާތަކުގެ މުވައްޒަފުން ތިބިގޮތުގެ ތަފްސީލާއި، އިދާރާތަކަށް ހިނގާ ޤަވާއިދާއި އުސޫލުތަކުގެ އިތުރުން މެނުއަލްތަކާގުޅޭ މައުލޫމާތު ވެސް ވަނީ ވަޒީރުންނާ ހިއްސާކުރައްވާފައެވެ

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ފުރަތަމަ 100 ދުވަހު ކުރަން ނިންމާފައިވާ ކަންތައް ކުރިއަށް ދެންދިއުމަށް ނިންމައި އެ މަސައްކަތްތައް އެންމެ ބާރުމިނެއްގައި ފުރިހަމަކޮށް ކުރިއަށްގެންދެވުމަށް ވަޒީރުންގެ ކިބައިން އެދިލައްވައިފައެވެ