English Edition
Dhivehi Edition

ނިމިދިޔަ ރިޔާސީ އިންތިޙާބުގައި ޕީޕީއެމް ނާކާމިޔާބުވީ ޕީޕީއެމްގެ އާންމު މެމްބަރުން ދުރަށް ޖެއްސެވުމަށްފަހު ކުންފުނިތަކުގެ އިސްވެރިން ކެމްޕޭނުގެ އިސް ސަފަށް ނެރުމުން ކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ މޫސަ މިހެން ވިދާޅުވީ “ރާއްޖެ ޓީވީ” ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޫސަ ވަނީ ރައީސް ޔާމީން އާއި ޕީޕީއެމްގެ މުޅި ލީޑާޝިޕް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި ރިޔާސީ އިންތިހާބު ޕީޕީއެމް އަށް ނާކާމިޔާބުވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އަށް ލިބުނު ބޮޑު ނާކާމިޔާބަށް ފަހު މޫސަ ފެންނަނީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތައް މަސައްކަތް ކުރައްވާ ތަނެވެ.އަދި މޫސާ ވަނީ އިންތިޙާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ތަޢުރީފް ކުރައްވާފައެވެ.އެގޮތުން މޫސަ ވިދާޅުވީ އިބޫ އަކީ ވަރަށް ސްމާޓް ބޭފުޅެއް ކަމަށާއި، ކޯލިޝަން ސަރުކާރެއް ކުރިއަށް ގެންދަން އިބޫއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނޭކަމަށެވެ.