English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ނާއިބު ރައީސް މޫސާ މަނިކު ސަލާމް ކުރައްވަނީ -- ފޮޓޯ ވީ ނިއުސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ނަގާނެކަމަށް ދާދިފަހު އެ ޕާޓީ އާއި އަލުން ގުޅިވަޑައިގެންނެވި މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަންވެސް ކުރެއްވި ރީކޯ މޫސާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ތާއީދު ކުރައްވާނެ ކެންޑިޑޭޓަކު ނިންމަވާނީ ކެންޑިޑޭޓުންގެ ލިސްޓު އައިމަ ކަމަށެވެ. ރީކޯ މޫސާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެއް ބޭފުޅަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށާއި ރައީސް ނަޝީދު ވެސް ވާދަކުރައްވާނެކަމުގެ އަޑުތައް ފެތުރިފައިވާކަމަށެވެ.

އިތުރަށް ރީކޯ މޫސާ ވިދާޅުވީ އެ ބޭފުޅުން ނުކުމެވަޑައިގަތަސް ހަމަ ވާދަކުރައްވައިގެން މޮޅުވި ބޭފުޅަކާ އެއްކޮށް ހުންނަވާނެކަމަށާއި ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށެވެ.

ރީކޯ މޫސާ އެމްޑީޕީއަށް ސޮއިކުރެއްވީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީ އާއި ދުރުގައި ހުންނެވުމަށްފަހު ރީކޯ މޫސާ އަލުން އެ ޕާޓީ އާއި ގުޅިވަޑައިގަތުމަކީ ލިބުނު އިތުރު ހިތްވަރެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

މޫސަ އެމްޑީޕީން ވަކިކުރީ އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލުމުންނެވެ.