English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ މޫސަ) ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މޫސަގެ ބަހުގެ ހަމަލާތައް ރައީސް ނަޝީދު އަށް އަމާޒުވެފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ސައިން ޝަމީމް ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ތްރީލައިން ވިޕާ ހިލާފަށް ވޯޓު ދެއްވާ މެންބަރުން ޕާޓީން ވަކިނުކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާ ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު އުޅުއްވަނީ އެމްޑީޕީން ކަނޑައިނުލައިގެން އަދި އެހެން މީހެއްގެ ރަނިން މޭޓަކަށް ނުވެވިގެންކަމަށެވެ. މީގެ އިތުރުން މޫސަ ވަނީ ރައީސް ނަޝީދު އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ލަދުން އުޅުއްވާނެކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ބަލިކުރަން މަސައްކަތްކުރެއްވި މަގުސަދު ހާސިލްވެއްޖެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ގާތް ގުޅުމެއް އޮންނަ މޫސަ ވަނީ ވިޕްލައިނާ ހިލާފްވިޔަސް ނަަޝީދު ޕާޓީން ބޭރުކުރަން ދެކޮޅުކަން ހާމަކުރައްވާފައެވެ.