އުމުރުން އެންމެ ހަތަރު މަހުގެ ދަރިފުޅު ޔޫކްރެއިން އަށް ދޫކޮށްލާފައި ދިވެހި އަންހެނަކު އެނބުރި ރާއްޖެ އައި މައްސަލަ ފެންމަތިވެއްޖެއެވެ.
“ރާއްޖެއޮބްޒާވާ” ގައި ބުނެފައި ވާގޮތުން ޝިބާ ރުޝްދީ ނަމަކަށް ކިޔާއެ އަންހެން މީހާ ދިޔައީ ޔޫކްރެއިންގައި މެޑިސިން ކިޔަވަމުންނެވެ. އަދި އޭނަ ފިރިމީހާ ކަމަށްވާ މިސްރަށް ނިސްބަތްވާ ދަރިފުޅުގެ ބައްޕަ މުހައްމަދަ ކީވެސް ޔޫކްރެއިންގައި މެޑިސިންކިޔަވަމުން އަންނަ ދަރިވަރެކެވެ.
މީގެ އިތުރުން “ރާއްޖެ އޮބްޒާވާ”ގައިބުނެފައި ވާގޮތުގައި ، ޝިބާ ރާއްޖެ އައިސްފައި ވަނީ މެޑިސިން ކިޔަވާ ނިމުމަށްފަހު އެވެ. ނަމަވެސް މުހައްމަދު އަދިކިޔަވާ ނުނިމެއެވެ.
ހަތަރުމަހުގެ ފިރިހެން ދަރިފުޅު ދޫކޮށްލާފައި ޝިބާ ރާއްޖެ އައުމުން މުހައްމަދު ވަނީ ޔޫކްރެއިންގެ ޝޯވ އަކަށް އަރާ އޭނަގެ ދިރިއުޅުމުގެ ވާހަކަ ހިއްސާކޮސް އެންމެންގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.
ޔުކްރެއިންގެ ޓީވީ ޝޯވގައި ވާހަކަ ދައްކަމުން މުހައްމަދު ބުނިގޮތުގައި އަންހެންމީހާ ރާއްޖެ އައިސްފައި ވަނީ އޭނާގެ ވިސާގެ މުއްދަތު ހަމަވާތީ ކަމަށާއި އެނބުރި އަންނާނެ ކަމަށް ބުނެފައި ކަމަށެވެ. އެހެން ނަމަވެސް ޔުކްރެއިންގައި ކިޔަވަން ހުއްޓައި ދަރިއަކު ލިބުނު ވާހަކަ އަންހެންމީހާ އޭނާގެ އާއިލާ އާއި ހިއްސާކޮށްފައި ނުވާކަމަށް މުހައްމަދު ބުންޏެވެ. މުހައްމަދުގެ ވާހަކަތަކާއި ގުޅިގެން ޔުކްރެއިންގެ ޓީވީ ޝޯވ އިން ވަނީ ދިވެހި އަންހެން މީހާއަށް ގުޅާފައެވެ. ޓީވީ ޝޯވ އަށް މައުލޫމާތު ދެމުން ދިވެހި އަންހެންމީހާ ބުނެފައިވަނީ އޭނާ ޔުކްރެއިނަށް ދާން ބޭނުން ކަމަށާއި އެހެން ނަމަވެސް ވިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ވިސާ އަށް އެޕްލައި ކުރުމަށް އިންޑިޔާއަށް ދާން ޖެހޭ ކަމަށް ވެސް ދިވެހި އަންހެންމީހާ ބުނެއެވެ. އެހެން ނަމަވެސް ޔުކްރެއިން ވިސާއަށް ރާއްޖޭގައި ހުރެގެން ވެސް އެޕްލައި ކުރެވެއެވެ.
ޝޯވ ގައި އަންހެން މީހާ ވާހަކަ ދައްކަމުން ބުނެފައިވަނީ ދަރިފުޅު ކޮންމެ ތަނެއްގައި އުޅުނުކަމުގައި ވިޔަސް ދަރިފުޅުގާތަށް ދާންބޭނުން ވާކަމަށެވެ. ނަމަވެސް އޭނަގެ މައިންބަފައިން އޭނަ މުހައްމަދާ ގުޅޭކަށް ބޭނުންނުވާނެ ކަމަށް އޭނަބުނެއެވެ. މާލީގޮތުން ފުދުންތެރިމީހަކަށް މުހައްމަދު ނުވާތީ އޭނަގެ މައިންބަފައިން އެދެމީހުން ގުޅޭކަށް ހިތްހަމަ ނުޖެހޭކަމަށް އޭނަބުނެއެވެ. އެހެން ނަމަވެސް މުހައްމަދު ކިޔެވުން ނިމުމަށްފަހު ވަޒީފާ އަށް ދާންފެށުމުން މަންމަމެން ދެކޮޅުހަދާނެހެން ހީނުވާކަމަށްވެސް ބުންޏެވެ. “ބައްޕަ ގެ ބަލިހާލަތު ހުރިގޮތުން ބައްޕަ ކައިރީ މިވާހަކަ ބުނެވޭނެ ގޮތެއްނެތް، ނަމަވެސް މަންމަ ކައިރީ ކުޑަކޮށް ކިޔާދިނިން، މަންމަ ބުނީ ބޭރުމީހަކާ އިނީމަ ދޫކޮށްލާފަ ހިނގައިދާނެ ކަމުގެ ބިރު އެބައޮތޭ” ޝިބާ ޝޯވ ގައި ބުންޏެވެ.
އިތުރަށް ޝިބާ ބުނެފައިވަނީ ރާއްޖޭގެ ސަގާފަތް އޮންނަ ގޮތުން ބޭރު މީހަކާ ކައިވެނި ކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި ރާއްޖެ އަންހެނުން ތިބެންޖެހޭނީ މަންމަ މެންބުނާ ގޮތަށް ހަދައިގެންކަމަށެވެ.
ޝޯ ގެ ވަކި ހިސާބަކުން ތުއްތު ކުއުްޖާ ވަނީ ޝޯ ގައި ބައިވެރިކޮށްފައެވެ. އެވަގުތު ދަރިފުޅު ފެނުމުން ޝިބާއަށް ރޯމަންޒަރު ވެސް ފެނިގެން ދެއެވެ.

ޔޫކްރެއިންގެ އެ ޝޯވ އިންވަނީ ޝިބާ އަށް އެހީތެރިކަން ފޯރުކޮށްދޭން ބުނެފައެވެ. އެގޮތުން ޓީވީ ޕްރޮގްރާމުގެ ހޮސްޓު ވަނީ ޔުކްރެއިނަށް އެނބުރި އައުމަށް އެހީތެރިކަން ފޯރުކޮށްދީފި ނަމަ އެގައުމަށް އަންނާނެތޯ ވެސް ސުވާލުކޮށްފައެވެ. ސުވާލުގެ ޖަވާބްގައި ޝިބާ ބުނަނީ އޭނަދާން ބޭނުން ކަމަށެވެ. ނަމަވެސް މައިންބަފައިންނަށް އޭނަ ދަނީ މުހައްމަދު ކައިރިއަށްކަން ނޭނގެންޏާ މައްސަލައެއް ނުޖެހޭނެކަމަށެވެ.
ޝޯވ ކުރިއަށް ދިޔައިރު މުހައްމަދު ވަނީ މަޑުމައިތިރިކާމާ އެކު ޝިބާގެ ޖަވާބުތައް އަޑުއަހާފައެވެ. ހިތްކުދި ކުދި ވެފައި ހުރި މުހައްމަދު ޝޯވ ގައި ބުނެފައިވަނީ ކޮންމެ ދުވަހަކު ޝިބާ އެމީހުންނަށް ގުޅާ ހެދިނަމަވެސް އޭނަ އެދެނީ ދަރިފުޅުގެ މަންމަ ވީހާވެސް އަވަހަށް އައިސް އެދެމީހުންނާ އެކު ދިރި އުޅުމަށެވެ.
އުމުރުން 20 އަހަރުގެ މުހައްމަދު ދަނީ ހަތަރުމަހުގެ ދަރިފުޅު ބަލަމުން އޭނަގެ ކިޔެވުން ކުރިއަށް ގެންދަމުންނެވެ. އޭނަ ބުނެފައިވާ ގޮތުގައި އެކަނި ތުއްތު ކުއްޖާ ބަލަމުން ކިޔަވަމުން އުޅުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.
ޔޫކްރެއިން ޓީވީ ޝޯވ ގެ ލިންކް: