English Edition
Dhivehi Edition
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ބައްދަލްވުމަށްފަހު ނަންގަވާފައިވާ ފޮޓޯއެއް -- ފޮޓޯ: މެޑަމް އަފާފްގެ ޓްވިޓާ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް އާއި ބައްދަލު ކުރައްވައިފިއެވެ

މެލޭޝިއާގައި ކުރިއަށް ދިޔަ މިބައްދަލު ކުރެއްވުމުގައި ރައީސް މައުމޫންގެ ދެކަނބަލުންނާއި ރައީސް މައުމޫންގެ ދެ ދަރިކަނބަލުން ކަމުގައިވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫންގެ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދިނާޒިމްގެ އަނބިކަނބަލުން އަފާފް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ

މި ބައްދަލުވުމާއި ބެހޭ އެއްވެސް ތަފްސީލެއް ދެބޭފުޅުންވެސް ހިއްސާކޮށްފައިނުވާއިރ މައުމޫން ބޭސްފަރުވާ އަކަށް މެލޭޝިއާ އަށް ވަޑައިގެންނެވީ މިދިޔަ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު އެވެ.އަދި ނާޒިމް ބޭސްފަރުވާއަކަށް މެލޭޝިއާ އަށް ވަޑައިގެންނެވީ މިދިޔަ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހުގައެވެ

 

.