English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް އެ ޕާޓީގެ ފައުންޑާ އަދި ރައީސް މުހައްމަދު ނާޒިމަށް ލިބިއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ އެއްވަނަ ދުވަހު ހުޅުވާލިއިރު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ނާޒިމް ފިޔަވައި އިތުރު މީހަކު ކުރިމަތި ލާފައެއް ނުވެއެވެ. ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެއް މެމްބަރަކު ކުރިމަތިލައިފި ނަމަ އިންތިޚާބަކަށް ދާކަށް ނުޖެހެއެވެ.

އެމްއެންޕީ އުފެއްދި މަގުސަދާ ބެހޭ ގޮތުން މީގެ ކުރިން ނާޒިމް ވިދާޅުވީ އެ ޕާޓީ އުފައްދަން ނިންމީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދުމަށް ކަމަށެވެ. އިތުރަށް ނާޒިމް ވިދާޅުވީ އެ ޕާޓީއަކީ ފަލްސަފާއެއްގެ މައްޗަށް އޮންނަ ޕާޓީއެއް ކަމަށެވެ. އަދި އެ ފަލްސަފާއަކީ، ހުޅުވާލެވައިފާ އިގުތިސޯދީ ފަލްސަފާ އާއި، ދީނުގެ މެދުމިންވަރު ގަބޫލު ކުރުމާއި ސެންޓާ ރައިޓް ވިސްނުމެއް ގެންގުޅުން ކަމަށެވެ.

އެމްއެންޕީގެ މިޝަންއަކީ ގާނޫނީ އިމުގެ ތެރެއިން އަދި ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މަސައްކަތް ކޮށްގެން ދިވެހިން އެދޭ ކަންކަން ހާސިލްކޮށްދިނުމެވެ.