English Edition
Dhivehi Edition

ސަފާރީއެއްގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް މީހަކަށް ދޮޅުލައްކަ ޑޮލަރު ދިނުމަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި މި ހުކުމުގައި ބުނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ޑރ.އަލަކާ ސިންގްގެ ފަރާތުން ނަޝީދުގެ މައްޗަށް ކުރި އެ ދައުވާ ބަލާފައިވާއިރު އެ ދައުއާގައި ބަޔާންކޮށްފައިވަނީ 150,000 ޑޮލަރު ދިނުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

މައްސަލާގައި ހުކުމް އިއްވަމުން ޤާޒީ ވަނީ މެމްބަރު މުޙައްމުދު ނަޝީދުގެ މައްޗަށް 150,000 ޑޮލަރު ޑރ.އަލަކާ އަށް 15 ދުވަހުގެ ތެރޭގައި ދޭން ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވާގޮތުން މެމްބަރު ނަޝީދަކީ ޑރ. އަލަކާ ސިންގް އިންވެސްޓުކުރި ސަފާރީއެއް ވިއްކާލުމުގެ މުއާމަލާތެއް ހިންގައިދިން ބޭފުޅެކެވެ. އެ މައްސަލާގައި މެމްބަރު ނަޝީދުގެ މައްޗަށް ޑރ. އަލަކާ ސިންގް ދައުވާ ކުރީ ނަޝީދު ބޭނުންވި މީހަކަށް އެ ސަފާރީ ކުޑަ އަގެއްގައި ވިއްކާލާފައިވާތީއެވެ