English Edition
Dhivehi Edition

ރާއްޖޭގެ ކުޅަދާނަ ފިލްމީ ތަރި އަދި މަޝްހޫރު ސެލެބްރިޓީ ނިއުމާ މުޙައްމަދުގެ އަޑު ހަލާކުވެ އަޑެއް ނެތި އުޅޭތާ ހަތަރުމަސްވެއްޖެ ކަމަށް ނިއުމާގެ އެންމެ ގާތް އެކުވެރިޔާ ޒީނަތު ބުނެފިއެވެ.

ޒީނަތު މިހެން ބުނެފައިވަނީ އައިސް ޓީވީން ދެއްކި “ވަރަށް ވާހަކަ” ޕްރޮގްރާމްގައިއެވެ. ޒީނަތު ބުނީ ނިއުމާގެ އަޑު ރަނގަޅު ކުރުމަށް މާލޭގެ ތަންތަނަށާއި ސްރީ ލަންކާގެ ހޮސްޕިޓަލް ތަކަށް ވެސް ދައްކާފައިވެސް ރަނގަޅު ނުވުމުން މިހާރު ނިއުމާވަނީ ބެންކޮކަށް ފުރުވާފައިކަމަށެވެ.

ނިއުމާގެ ފޭނުން މިހާރު ވަނީ ވަރަށް ކަންބޮޑުވެފައިއެވެ. އެނގިފައިވާގޮތުން ނިއުމާ ބެންކޮކަށް ގޮސްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އަދި މިހާރު ނިއުމާ ވަނީ އެތަނުން ފަރުވާ ހޯދަން ފަށައިފައެވެ.

ނިއުމާގެ ފިލްމީ ހަޔާތުގައި ކުޅޭ އެންމެ ފަހު ފިލްމު ނިވައި ރޯޅިވެސް މިދިޔަ މަހު އަޅުވަން ނިންމާފައި ޖެހުނީ ފަސްކުރާށެވެ. އެއީ ފިލްމުގެ މަންޒަރުތަކަށް އަޑު ނޭޅިގެންނެވެ. އެންމެ ފަހުން މިހާރު އެ ފިލްމު އަޅުވަން ނިންމާފައިވަނީ މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. ނިއުމާގެ އަޑަށް ބޭސްކޮށްފައި އެންބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.