English Edition
Dhivehi Edition

އައްޑޫ ލިންކްރޯޑްގައި ބާރުސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިފިއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުުގައި، ކުނިކޮށި ސަރަހައްދުން ކާރު ފުރޮޅާލި އިރު އޭގައި ދެމީހުން ތިއްބެވެ. މައުލޫމާތު ލިބިފައި ވާގޮތުގައި ކާރު ފުރޮޅާލައި ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައި ވީނަމަވެސް ކާރުގައި ތިބި ދެމީހުންނަށް މާބޮޑު އަނިޔާއެއް ނުލިބި ވަނީ ސަލާމަތް ވެފައެވެ.

ނަމަވެސް އެދެމީހުން މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ހަބަރު ލިބެއެވެ.

މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބު މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.