English Edition
Dhivehi Edition
ފޮޓޯ: އެމް.އެން.ޔޫ ހިތަދޫކެމްޕަސް ފޭސްބުކް ޕޭޖް

ޖެނުއަރީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ފުރަތަމަ ޓާމަށް އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި މިވަނީ 8 ދާއިރާއަކުން 31 ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ޖެނުއަރީ މަހު ފަށާ ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން ލެވެލް އިން ފެށިގެން މާސްޓާސް ޑިގްރީތަކާ ހަމަޔަށް ކޯސްތައް ހިމެނެއެވެ. އެގޮތުން ތައުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާ އަދި ވިޔަފާރީގެ ދާއިރާ އާއި އިންޖީނިއަރިން އަދި ޝަރުއީ ދާއިރާ ފަދަ ތަފާތު އެކި ދާއިރާތަކުން ކޯސްތަކަށް ކުރިމަތިލުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި ފުލްޓައިމް އަދި ޕާޓްޓައިމް ކޯސްތައް ހިމެނެއެވެ.

އަގުހެޔޮކޮށް ރަށުގައި ތިބެގެން މަތީތައުލީމް ހޯދުމުގެ ގިނަ ފުރުސަތުތައް އެމްއެންޔޫއިން ދަނީ އަބަދުވެސް ދެމުންނެވެ.މި ކޯސްތަކަށް ކުރިމަތިލުގެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހެވެ.