English Edition
Dhivehi Edition

މި އަހަރު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ނުބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފެއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ފުޓުބޯޅަ ސީޒަން އެކި އެކި ސަބަބުތަކާ ހުރެ ލަސްވެފައިވާތީ މޮގޮތަށް ނިންމީ ކަމަށެވެ. އެފްއޭއެމްއިން ވަނީ ކްލަބްތަކާވެސް މިމަހު ހައެއްގައި ބައްދަލުކޮށްފައެވެ. އަދި މިއީ އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއް ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ.

މި ބަދަލާއެކު އަންނަ އަހަރުގެ އެފްއޭ ކަޕަށް ކޮލިފައި ވާނީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންއެވެ. އަދި ރަނަރަޕަށް އޭފްސީ ކަޕްގެ ޕްލޭ އޮފް ޖާގައެއް ލިބިގެންދާނެ ކަމަށް އެފްއޭއެމްއިން ބުންޏެވެ. މި އަހަރުގެ ފުޓުބޯޅަ ސީޒަން ދިގުލައިގެން ގޮސްފައި ވަނީ ސާފު ސުޒުކީ ކަޕަށް ލީގު 70 ދުވަހަށް މެދުކަނޑާލުމުންނެވެ. އެންމެ ފަހުން އެފްއޭ ކަޕް ކެންސަލް ކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ.

ސީޒަނަށް އައި ބަދަލާ އެކު ޕްރެޒިޑެންޓްސް ކަޕުވެސް މި އަހަރު ނުބާއްވައި އަންނަ އަހަރަށް ފަަސް ކުރުމަށް ވަނީ ނިންމާފައެވެ. އެފްއޭއެމްއިން ބުނީ ދެން ސީޒަނުގައި ކުރިއަށް ދާނީ އެސްޓީއޯ މާލޭ ލީގާއި ދިވެހި ޕްރިމިއާ ލީގު އެކަންޏެވެ.