އިބޫ ހުވާކުރައްވާ ރަސްމިއްޔާތު އާއްމުކޮށް ހުޅުވާ ނުލުމަށް ނިންމައިފި
11 މަސް ކުރިން

އިންތިޚާބީ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރައްވާ ރަސްމިއްޔާތު އާއްމުންނަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވީ ނަމަވެސް އެކަން އެގޮތަށް ހަމަޖެއްސެން ނެތް ކަމަށް އެ ރަސްމިއްޔާތަށް އެމަނިކުފާނު އެކުލަވާލައްވާފައިވާ ކޮމިޓީން ބުނެފި އެވެ

މިއަދު އެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވެން ނެތީ ބޭރު ގައުމުތަކުގެ ވެރިންނާއި އެ ނޫން ވެސް އިސް ފަރާތްތައް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށެވެ.އަދި އެ ބޭފުޅުންގެ ސަލާމަތީ ކަންތައްތައް އެންމެ ރަނގަޅަށް ބެލެހެއްޓުމަށް، އާއްމުކޮށް ހުޅުވާ ނުލުމަށް ގައުމުތަކުގެ ސަރުކާރުތަކުންނާއި ދިވެހި ސިފައިން ވެސް ލަފާ ދީފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ

Advt

Advertisement

މީގެ އިތުރުން ހަސަން ސައީދު ވިދާޅުވީ މި ރަސްމިއްޔާތު އާންމުންނަށް ހުޅުވާނުލުމަށް ނިންމި އަނެއް ސަބަބަކީ ދައުވަތު އަރުވަން ޖެހޭ ފަރާތްތަކުގެ އަދަދު ގިނަ ކަމާއެކު ގަލޮޅު ދަނޑުގެ ޖާގައަކީ 11،500 މީހުން ކަމުން ދައުވަތު އަރުވަން ހުރި ލިސްޓްތަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެއްގެ ލިސްޓެއް  އޮތުންކަމަށެވެ