English Edition
Dhivehi Edition

ފިލްމް ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަންޖޯހަރ އާ ކާޖަލް އަކީ ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. ނަމަވެސް ކާޖަލްގެ ފިރިމީހާ އަޖޭއާ ކަރަން އާދެމެދު ޖެހުނު މައްސަލައަކުން ކަރަންއާ އޮތް ރަހުމަތްތެރި ކަމުގެ ގުޅުން މިދެތަރިންވެސް ވަނީ މީގެކުރިން ނިންމާފައެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުގައި މި ޖޯޑު އަލުން ކަރަންއާއެކު ވަރަށް އަވަހަށް ފެނިގެންދާނެއެވެ. އެއީ ކަރަން ޖޯހަރ ހުށަހަޅާދޭ ޝޯވް އެއްކަމަށް ވާ “ކޮފީވިތު ކަރަން” އިންނެވެ. ހަބަރުތައް ބުނާގޮތުގައި މިޖޯޑް ފެނިގެންދާ ޝޯވް ގެ ޝޫޓިންގ ފެށޭނީ ދިވާލީ އަށްފަހު އެވެ.

2016 ވަނަ އަހަރު އަޖޭ ދޭވްގަން ޕްރޮޑިއުސް ކޮށް ޑައިރެކްޓް ކޮށްފައި ވާ ފިލް “ޝިވޭ” އަދި ހަމަ އެއަހަރު ކަރަން ޖޯހަރ ޑައިރެކްޓް ކުރި “އޭ ދިލްހޭ މުޝްކިލް” ދާދި ކައިރި ކައިރީގައި ރިލީޒް ކުރަންޖެހުމުން، ކަރަން މީހަކަށް 25 ކުރޯޑް ރުޕީސްދީ އޭނަގެ ފިލްމް އަޖޭގެ ފިލްމަށް ވުރެ ބޮޑަށް ޕްރޮމޯޓްކޮށް ދޭން ބުނިކަމަށް ތުހުމަތު ކޮށް މިދެތަރިންގެ ދެމެދުގައި މައްސަލަތަކެއް އުފެދުނެވެ. އެހާހިސާބުން ފެށިގެން އަޖޭ ކަރަންގެ އެއްވެސް ޝޯއަކުން ފެނިފައިނުވާ އިރު ކަރަންގެ ފިލްމަކުން ވެސް ފެނިފައި ނުވެއެވެ. އެހެން ނަމަވެސް ކާޖަލް ވަނީ އެހެން ތަރިންނާ އެކު ކަރަންގެ ކުރީގެ ޝޯވް ތަކުން ފެނިފައެވެ.

ސާރާ އަލީ ހާން އަދި ސައިފް އަލީ ހާން،އަރުޖުން ކަޕޫރ ހުޝީ ކަޕޫރް އަދި އިޝާން-ޝާހިދް ކަޕޫރަށްފަހު ދެން އެންމެ އަވަހަށް” ކޮފީވިތް ކަރަން” އިން ބެލުންތެރިންނަށް ފެނިގެން ދާނެ ދެތަރިންނަކީ އަޖޭ- ކާޖަލް އެވެ.

މިފަހަރުގެ ޝޯވް ގައި މިދެ ތަރިން އެއްކޮށް ފެނިލުމުން ބެލުންތެރިން ހައިރާން ވެގެން ދާނެކަން ކަށަވަރެވެ. ސަބަބަކީ އަޖޭއާ ކަރަން މައްސަލަ ޖެހުނުފަހުން މިއީ މިދެތަރިން އެކޮށް ކަރަންގެ ޝޯވް އިން ފެނިގެން ދާފުރަތަމަފަހަރު ކަމަށް ވާތީއެވެ.

“ކޮފީވިތް ކަރަން” ޝޯވް އަކީ ސްޓާ ވޯލްޑުން ދައްކަމުން އަންނަ މުނިފޫހިފިލުވުމުގެ ވާހަކަތައް ދައްކާ ޝޯއެކެވެ. އެގޮތުން އެ ޝޯގެ ހަ ވަނަ ސީޒަން މިހާރު ފަށާފައިވާއިރު އެ ޝޯގެ ފުރަތަމަ ދެ އެޕިސޯޑު މިހާރު ވަނީ ދައްކާފަ އެވެ .ކޮފީ ވިތު ކަރަން އަކީ 19 ނޮވެމްބަރ 2014 ގައި ފަށާފައިވާ ޝޯވްއެކެވެ.