English Edition
Dhivehi Edition
ފޮޓޯ: ސަންއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް ޝަރުތު ހަމަވޭތޯ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަޒް މިނިސްޓަރު އަދި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު ސުވާލު އުފައްދަވައިފި އެވެ.އާޒިމާ މި ސުވާލު އުފެއްދެވީ އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އާޒިމާގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ، ރައީސުލް ޖުމްހޫރިއްޔާ އަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މަގާމުގެ ޒިންމާތައް ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ފަރާތް ކަމަށެވެ. އެ ގޮތުން ރައީސުލް ޖުމުހޫރިއްޔާގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ ވެސް ޝަރުތަކީ ރައީސުލް ޖުމުހޫރިއްޔާގެ ޝަރުތުތައް ކަން ގާނޫނު އަސާސީން ސާފުކޮށް އެނގެން އޮންނަ ކަމަށް އާޒިމާގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އާޒިމާގެ ޕޯސްޓުގައި ވާގޮތުން މަޖިލީހުގެ ރައީސް ކަމަށް 65 އަހަރު ފުރިފައި ހުރި ބޭފުޅަކަށް ވަޑައިއެއް ނުގެންނެވޭނެކަމަށް ގާނޫނު އަސާސީ ބުނާއިރު ގާސިމް އިބްރާހީމް އަށް އެމަގާމަށް އާދެވެންވީ ކިހިނެއްތޯ ސުވާލުއުފެއްދެވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތަކާ މަޖިލީހުގެ ރައީސް ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ މައިގަނޑު ސަބަބަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އިންތިޚާބީ މަގާމެއްގައި ހުންނެވި ބޭފުޅަކީ އެއީ ކަމަށް ވާތީ ކަމަށެވެ.