English Edition
Dhivehi Edition

ޕީޕީއެމަށް ރިޔާސީ އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ސިޔާސީ ހަޔާތް މަރުނުވާ ކަމަށާއި ސިޔާސީ މުސްތަގުބަލް އަދި ކުރިއަށް އޮތީ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ

ނިހާން ވިދާޅުވީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި ސަޕޯޓަރުންނަށް ވައުދުވެވަޑައިގެންފައިވާ ފަދައިން ތިންވަނަ ދައުރަކަށް ވިލިމާލޭ ދާއިރާއަށް ވާދަނުކުރެއްވުމަށްނިންމާފައިވާ ކަމަށާއި އެކަން އޮންނާނީ އެ ގޮތަށް ކަމަށެވެ

މީގެ އިތުރުން ނިހާން ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ނިމުނީ ނޫންކަމަށާއި މިފަހަރުގެ މަޖިލީސް އިންތިހާބުގައިވެސް ކޮންމެވެސް އެހެން ދާއިރާއަކުން ވާދަކުރައްވާނެ ކަމަށެވެ. ނިހާން ވިދާޅުވީ ވާދަކުރައްވާނެ ދާއިރާއެއް ކަނޑަނޭޅުއްވި ލަސްވަނީ ސިޔާސީ ކުރިމަގު މައްސަލަތަކެއްގެ ތެރޭގައި ވާތީ އާއިޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލަ ކޯޓު މަރުހަލާގައި އޮތުމުން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ޕާޓީ ހަރުދަނާ ކުރުމުގެ ކަންކަމަށް ކަމަށް ނިހާން ވިދާޅުވިއެވެ

މަޖިލީސް އިންތިހާބާއި ބެހޭ ގޮތުން ނިހާން ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޕީޕީއެމަށް ފުރުސަތު ލިބިގެން ކަމަށެވެ.،އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މަޖިލީހުގެ ގޮނޑިތައް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ނިހާން ވިދާޅުވިއެވެ