English Edition
Dhivehi Edition

ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) ދައްކަން ޖެހޭ މިލިއަނެއްހާ ރުފިޔާ ނުދައްކައިގެންއެ ކުންފުނިން ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްފި އެވެ.

އެސްޓިއޯ އިން ނިހާންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހާބަރު ފުޑް ކޯޓުގެ އައުޓްލެޓެއް ކުއްޔަށް ހިފުމަށް ފަހުދައްކަންޖެހޭ ފައިސާ ނުދައްކައިގެންނެވެ. އެސްޓީއޯއިން އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުން އެފައިސާ ހޯދުމަށް ކުރި ދައުވާގައި ބުނެފައިވަނީ ކުއްޔާއި ޖޫރިމަނާއަށް މިހާތަނަށް 1.1 މިލިއަން ރުފިޔާ އަރާފައިވާކަމަށެވެ.

އެސްޓިއޯއިން ބަލަހައްޓަމުން ގެންދާ ފުޑްކޯޓް އައުލަޓްތަކުގެ ތެރެއިން ފުޑް ކޯޓުގެ ޔުނިޓް 22ހަށް 2018 އޮގަސްޓް މަހުން ފެށިގެން ނިހާން އެއްވެސް ފައިސާއެއް ދައްކާފައި ނުވާކަމަށް އެސްޓިއޯ އިންވަނީ ބުނެފައެވެ.

މިއަދު އެސްޓިއޯ އިންކޮށްފައިވާ މި ދައުވާގެ ފުރަތަމަ އެޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު މިއަޑުއެހުމަށް ނިހާން ހާޒިރުވެފައެއް ނުވެއެވެ.