English Edition
Dhivehi Edition
މީދޫ އާސާމްގެއަށް ފެންވަނުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ލުބްނާ މަޖީދް މުހްތާރު އޭއޯ ނިއުސް

ރާއްޖެ އަށް މިހާރު ކުރމަުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީ ހުޅުމީދޫގެ ގެ ތަކަށް ފެންވަދެ ބޮޑެތި ގެއްލުންތައް ވެއްޖެއެވެ.

ހުޅިމީދޫ ހައުސިންގ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަލީ މުހައްމަދު “އޭއޯނިއުސް” އަށް މައުލޫމާތު ދެއް ވަމުން ވިދާޅުވީ، ހުޅުމީދޫ ގެ ގެތަކަށް ފެންވަދެ ފަރުނީޗަރު ތަކަށް ގެއްލުންވެގެން އެ މިނިސްޓްރީ އަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 7 ޖަހާކަން ހާއިރު ކަމަށެވެ.

“އަޅުގަނޑު މެންނަށް މައުލޫމާތު ލިބުމާއެކު ވަގުތުން ޕަބްލިކް ވޯކްސްގެ ވެހިކަލްތަކާއި ހައުސިންގެ ޕަމްޕު ތައް ބޭނުންކޮށް ގެން ފުލުހުންނާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ފެށީ” އަލީ މުހައްމަދު ވިދާޅުވިއެވެ.

އާސާމެގޭގެ ސިޓިންގރޫމަށް ފެންވަނުމާއި ގުޅިގެން ފެންހިއްކާފައި

މީގެ އިތުރުން އަލީ މުހައްމަދު ވިދާޅުވީ މިހާތަނަށް ފެންވަދެގެން ރިޕޯޓް ކޮށްފައިވަނީ މީދޫގެ ދެގެއަކުންނާ ހުޅުދޫގެ ދެގެއަކުނެވެ. އެހެން ނަމަވެސް އަދި އިތުރު ގެތަކަށް ފެންވަދެފައި ވޭތޯ އާއި އެއްވެސް ގެއްލުމެއް ލިބިފައި ވޭތޯ ބަލަމުންދާކަމަށް ވެސް ކޯޑިނޭޓަރ ވިދާޅުވިއެވެ.

ފެންބޮޑުވެފައިވާ މީދޫ “އާސާމް” ގެ އިން ޝިއާނާ “އޭއޯނިއުސް” އާވާހަކަ ދައްކަމުން ބުނީ އެގޭގެ ސިޓިންގ ރޫމަށާއި އޭނަ ދިރިއިޅޭ ކޮޓަރި ތެރެއަށް ފެންވަދެ ފަރުނީޗަރަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި ލިބުނު ގެއްލުމުގެ އެސްޓިމޭޓެޑް އަދަދު20،000ރ އަށް އަރާކަމަށެވެ.

މީދޫ އާސާމް ގޭގައި ފެންބޮޑުވެފައި

އިއްޔެއިންފެށިގެން ހުޅުމީދޫ އަށް ވަނީ މެދުކެނޑުމެއް ނެތި ވާރޭ ވެހިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް މެދުކެނޑުމެއްނެތި ވާރޭވެހި، ގެތަކަށް ފެންވަދެފައެވެ. އެހެން ކަމުން އެ ގެތަކަށް އެހީތެރި ވުމަށް ހިތަދޫގައި ހުންނަ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހެމުން ދަނީ ދެކުނުގެ އަތޮޅުތަކަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރޭ ވަނީ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.