English Edition
Dhivehi Edition

އްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޤައުމުގެ ރައްޔިތުންނަށް މަންފާއާ ފައިދާ ލިބެނިވި ގޮތަށް މަސައްކަތް ކުރައްވާނޭކަމަށް މަޖިލީހުގެ ރައީސް ކަމަށް އިންތިޙާބުވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުން ނިކުމެވަޑައިގެން ނޫސްވެރިންްނާއި ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ބޭނުންވެފައިވާ ޑިމޮކްރެޓިކް ހަޔާތެއް ގެނެސްދޭނޭކަމަށާއި މި ވޭތުވެދިޔަ ތަނުގައި ފެނިގެން ދިޔަ ކަހަލަ ނާއުންމީދީ އެއްވެސް ކަމެއް ރައްޔިތުންނާއި ހަމައަށް ނާންނާނެ ގޮތަކަށް މަސައްކަތް ކުރައްވާނޭކަމަށެވެ.

އިތުރަށް ގާސިމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީއަށް ފަހި ގޮތްތަކެއް ގެނެސްދީ ގާނޫނީއިމުގެ ތެރެއިން ބާއްޖަވެރި ދުވަސްތަކެއް ގެނެސްދޭނެ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސްދޭނެ ދުވަސްތަކަކާއި ދިވެހި ސަރުކާރަށް އިތުރު ކުރިއެރުމާއި އިތުރު މަންފާ ލިބިގެންދާނެ ލުއިފަސޭހަ ގޮތެއްގައި މަސައްކަތް ކުރާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމަކީ 2008 ވަނަ އަހަރު ގާނޫން އަސާސީ ހެދުމަށް އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމްގެ ނަން މިރޭ ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ. އެ ނަމަށް ތާއިދު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.