އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި، އެ ހޮސްޕިޓަލް ތަރައްގީކުރަނީ ޓަރޝަރީ ފެންވަރުގެ ކަށީގެ ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
އިކުއެޓޯރިއަލް ކޮންވެންޝަންސެންޓަރަކީ އެމްޑީޕީގެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކުސަމިޓަށް ޚާއްޞަކޮށްގެން ހަދާފައިވާ ކޮންވެންޝަން ސެންޓަރެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި މި އިމާރާތުގެ އިންފްރާސްޓްރަކްޓަރ މުޅިން ބަދަލުކޮށް އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް މި އިމާރާތުގައި ހެދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
ޑރ. ހަބީބް ވިދާޅުވީ ސަރުކާރުން އައްޑޫގައި ތަރައްޤީކުރަމުންދާ ހޮސްޕިޓަލްވެގެންދާނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަށީގެ ބަލިތަކަށް ފަރުވާދޭނެ ހޮސްޕިޓަލަށްކަމަށެވެ.
ހަބީބު ވިދާޅުވީ އައްޑޫއަކީ ބޮޑު އާބާދީއެއް އޮންނަ ތަނަކަށް ވުމާއެކު ތަފާތު އެކި ކަހަލަ އަނިޔާވެގެން ކަށީގެ މައްސަލަތަކުގައި ގިނަ އަދަދަކަށް ބަލިމީހުންނަށް ފަރުވާ ދެމުންދާ ތަނަކަށް ވުމާއެކު އަލަށް މިއަންނަ ހޮސްޕިޓަލަކީ އެކަމަށް ޚާއްޞަ ހޮސްޕިޓަލަކަށް ވެގެންދާނެ ކަމަށެވެ. ހަމަ އެއާއެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޑިވެލޮޕް ވާނީ ސެންޓަރ އޮފް އެކްސެލެންސް ފޯ އޮތޮޕީޑިކް ސެންޓްރޮމޯ ސާރޖަރީ އަށް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
އައްޑޫސިޓީގެ ކޮންވެންޓަން ސެންޓަރު 100 އެދުގެ ޓަރޝަރީ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. ސަރުކާރުން އައްޑޫސިޓިގައި ޤާއިމު ކުރާ މި ހޮސްޕިޓަލަކީ ސަޢޫދީ ފަންޑާއި، އޯޕެކްގެ ލޯނުގެ އެހީގައި ޤާއިމުކުރާ ހޮސްޕިޓަލެކެވެ.