English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހު:

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވައިފިއެވެ.

މަޖިލިހުގެ ރައީސް ކަމުން މަސީހު އިސްތިއުފާ ދެއްވަވާާފައިވަނީ އިތުބާރުނެތް ކަމުގެ މައްސަލަ މިރޭ 9:15 ގައި ބާއްވާ މަޖިލިހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

މަސީހު މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، އިދިކޮޅު ފަރާތްތަކުން ވަނީ 51 މެންބަރެއްގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅާފައެވެ.

މަސީހު އިސްތިއުފާ ދެއްވުމުން ޕީޕިއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ މަސީހު މަޖިލީހުގެ ރިޔާސަތުގައި ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

މަސީހުއަކީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރެވެ.