English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު އަސްލަމާއި ނައިބުރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ބުނެ ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެމްބަރުން ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ވެރިކަން ކުރާ ޕީއެންސީ އިން އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 28 ގަ އެވެ.

މި މައްސަލަ އަނބުރާ ނަގާފައި މިވަނީ މި މައްސަލާގެ ނޯޓިސް ވެސް މަޖިލީހުން އެ ދެ ބޭފުޅުނަށް ފޮނުވާފައި ވަނިކޮށެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވަގުތު ކަނޑައެޅުން މިއަދު މަޖިލީހުގެ އާންމު ކޮމިޓީގައި އޮތީ ތާވަލް ވެސް ކޮށްފައެވެ.

ނަމަވެސް ޕީއެންސީގެ ގިނަ މެންބަރުން މިހާރު ވަނީ ސޮއި އަނބުރާ ގެންގޮސް މައްސަލަ އަނބުރާ ނަގާފަކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅި އިރު އޭގައި ސޮއިކުރެއްވީ 23 މެމްބަރުންނެވެ. އެ މައްސަލަ ބާތިލްކޮށްފައި ވަނީ އެ މައްސަލަ ހުށަހެޅުމަށް ސޮއިކުރި ބައެއް މެމްބަރުން ސޮއި އަނބުރާ ނަގާކަން އަންގާ މަޖިލީހަށް ރަސްމީކޮށް ސިޓީ އެއް ފޮނުވުމާއި ގުޅިގެންނެވެ. ސޮއި އަނބުރާ ނަގާފައި ވަނީ 13 މެމްބަރުންނެވެ.

މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ މެމްބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާ ގަރާރަކުންނެވެ.

ޕީއެންސީ އިން އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އެކުލަވާލި ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ދިޔަ އިރު، ހިނގި ހަމަނުޖެހުންތަކުގެތެރެއިންނެވެ.